ރާއްޖެރައްޔިތުންގެ މަޖިލިސް
ގުރައިދޫ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ޝާޒު އަދި ޕީޕީއެމްގެ ފަރާތުން ހުސައިން ރިޒާ
11/03/2023
ޒައިން ރަޝީދު

ޝެއަރ
ރައްުޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒު އަދި ޕީޕީއެމްގެ ފަރާތުން ހުސައިން ރިޒާ ވާދަކުރައްވާނެކަން ކަށަވަރުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރީ އިބްރާޙީމް ޝާޒްއެވެ. ޝާޒް ޕްރައިމަރީ ކާމިޔާބު ކުރީ އިތުރު ތިން ކެންޑިޑޭޓުންނާ ވާދަކޮށް 53 އިންސައްތަ ވޯޓު ކާމިޔާބު ކޮށްގެނެވެ.
ޕީޕީއެމްއިން ވަނީ ޕްރައިމަރީ އަކާނުލާ ހުސައިން ރިޒާއަށް ޓިކެޓް ދީފައެވެ. ހުސައިން ރިޒާއަކީ އަވަހާރަވި ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮއެވެ.
އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން ބައި-އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ, އެމްއެންޕީގެ ކެންޑިޑޭޓަކުވެސް ވާދަކުރެއެވެ.

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ހުސައިން ރިޒާ
ގުރައިދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު އިބްރާހީމް ރިޒާ އަަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިދިޔަ މަހުގައެވެ. އިބްރާހީމް ރިޒާވަނީ 19 ވަނަ މަޖިލީހުގެ އިތުރުން 18 ވަނަ މަޖިލީހާއި 17 ވަނަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.
ހިޔާލު
ގުޅުންހުރި