ރާއްޖެސަރުކާރު

ވެމްކޯގެ ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކޮށް، ވެމްކޯގެ ބިލް ކަރަންޓު ބިލުގައި ހިމަނަން ނިންމައިފި

13/03/2023

ޒައިން ރަޝީދު


ޝެއަރ

އަންނަ އޭޕްރީލް މަހުން ފެށިގެން ވެމްކޯގެ ބައެއް ހިދުމަތްތަކުގެ އަގަށް ބަދަލުގެނެސް، ވެމްކޯގެ ބިލް ކަރަންޓު ބިލުގައި ހިމަނަން ނިންމައިފިއެވެ.

ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ ވެމްކޯގެ ބިލް ނުދައްކާ މައްސަލަ ހައްލުކުރުމަށް ވެމްކޯގެ ބިލު އޭޕްރީލް މަހުން ފެށިގެން ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނާނެ ކަމަށެވެ. ވެމްކޯ ބިލު ކަރަންޓު ބިލުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ސްޓެލްކޯއާއެކު ކުރަމުންދާ ކަމަށް ވެމްކޯއިން ބުނެއެވެ.

މީގެ އިތުރުން ވެމްކޯގެ ބައެއް ހިދުމަތްތަކުގެ އަގު ވަނީ ބޮޑުކޮށްފައެވެ. އަގު ބޮޑުކުރީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ކުނި އުކާދޭ އަގުތަކަށެވެ. އަދި ކުނި ވަކިނުކޮށް ގެންނަ ފަރާތްތަކުންވެސް ފީ ނަގާގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އާންމު ގެތަކާއި ވިޔަފާރިތަކުން ނަގާ ފީތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އަންނަ މަހުން ފެށިގެން ކުނި ނަގާނީ ގޭބީސީތަކުގެ ތިރިންކަން ފާހަގަކުރައްވާ ވެމްކޯގެ އެމްޑީ ސިރާޖު ވިދާޅުވީ ގޭގެ ދޮރުމަތިން ކުނި ނެގުމަކީ ޕްރިމިއަމް ހިދުމަތެއްގެ ގޮތުގައި ހަމަޖައްސާ އެކަމަށް ވަކި ރޭޓުތަކެއް ތައާރަފުކުރުމަށް ނިންމާފައިވާކަމަށެވެ. ނަގާނެ އަގުތަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ވެމްކޯއިން މިހާރު ކޮންމެ ގޭބިސީއަކުން ނަގަނީ 150 ރުފިޔާއެވެ.

މިއަދު އަގުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓަނަކަށް 2560 ރުފިޔާ ނެގުމާއި ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްގެ ފަރާތުން ޓަނަކަށް 2660 ރުފިޔާ ނެގުން ހިމެނެއެވެ. މީގެ އިތުރަށް އަމއްިލަ ފަރާތްތަކުން ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް ޓަނަކަށް 1060 ރުފިޔާ ނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުނި ވަކި ނުކޮށް ގެންނަ ފާރާތްތަކުން 1000 ރުފިޔާ ނަގާގޮތަށް ނިންމާފައިވެއެވެ.

ހިޔާލު


ގުޅުންހުރި