ރާއްޖެސަރުކާރު

އަންނަ މަހުން ފެށިގެން ކުނި ނަގާނީ ގޭބީސީތަކުގެ ތިރިން, ދޮރުމަތިން ނެގުމަކީ ޕްރިމިއަމް ހިދުމަތެއް

14/03/2023

ޒައިން ރަޝީދު


ޝެއަރ

އަންނަ މަހުން ފެށިގެން ކުނި ނަގާނީ ގޭބީސީތަކުގެ ތިރިން ކަމަށާއި ދޮރުމަތިން ނެގުމަކީ ޕްރިމިއަމް ހިދުމަތެއްގެ ގޮތުގައި ވެމްކޯއިން ކަނޑައަޅައިފިއެވެ.

ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ ޑޯސްޓެޕްގެ ހިދުމަތް ޕްރިމިއަމް ހިދުމަތަކަށް ހަދާ, އެ ހިދުމަތަށް ނަގާނެ އަގު މިހާރު ފާސްކުރަން ފޮނުވާފައިވާ ކަމަށެވެ. މިހާރު ދެމުން އަންނަ ޑޯސްޓެޕް ހިދުމަތް އަންނަ މަހުން ފެށިގެން ހުއްޓާލާ, ކުނި ނަގާނީ ގޭބިސީތަކުގެ ތިރިން ކަމަށް ވެމްކޯއިން ބުނެއެވެ.

ނަމަވެސް ޑޯސްޓެޕްގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ވަކި ގަޑިތަކެއްގައި އެ ހިދުމަތް ދޭނެކަމަށް ވެމްކޯއިން ބުނެއެވެ.

ހިޔާލު


ގުޅުންހުރި