ވިޔަފާރި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހައިޕަރމާކެޓް ކޮންސެޕްޓަށް އެއް އަހަރު، ވިޔަފާރި ބޮޑުތަނުން ރަނގަޅުކަމަށް ވިޔަފާރިވެރިން ބުނޭ

15/03/2023

ޒައިން ރަޝީދު


ޝެއަރ

އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން އެސްޓީއޯއިން ފާހަގަކޮށްފިއެވެ.

އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައްގެނެސް، އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދީގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވީ 15 މާރޗް 2022 ގައެވެ. އެސްޓީއޯގެ މި ކާމިޔާބު ކޮންސެޕްޓާއެކު ޕީޕަލްސް ޗޮއިސްގައި އާއްމު ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމާއެކު އެސްޓީއޯއިން މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކްއެއް ކުއްޔައް ދޫކުރުމަށްޓަކައި ތައްޔާރުކޮށް އާންމުންނަށް ހުޅުވާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންދާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިޔަށްގެންދެވޭ ހަރަކާތްތަކުގެ ތެރެއިން، މާރޗު 15 ވަނަ ދުވަހު ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު ގުރުއަތުން ހޮވޭ ހަތަރު ފަރާތަކަށް ފަސް ހާސް ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ދިނުމަށްވަނީ ނިންމާފައެވެ.

އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަރގްރަމް އަދި ފޭސްބުކްގައި ޝެއަރ އެންޑް ވިން ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާއެކު މާރޗު 15 ވަނަ ދުވަހު، ކުރިޔަށް ގެންދެއެވެ. މީގެ އިތުރުން މިހާރު ކުރިޔަށްދާ ރަމަޟާން ބާޒާރުގެ އިތުރަށް މާރޗު 16 ން 22 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިތުރު ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަނެއް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.

ހިޔާލު


ގުޅުންހުރި