ވިޔަފާރި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯ ރޯދަ މާޓް ހުޅުވައިފި

17/03/2023

ޒައިން ރަޝީދު


ޝެއަރ

ރޯދަމަހަށް ހާއްސަ ކޮށްގެން އެސްޓީއޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރި ރޯދަ މާޓް ހުޅުވައިފިއެވެ.

ހުކުރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރޯދަ މާޓް ހުޅުއްވާ ދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އެވެ.

ވިނަރެސް ފްލެޓް-9 ގެ ތިރީގައި ހުޅުވި މި ފިހާރައިގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު އަގެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމަށް އެސްޓީއޯ އިން ބުނެއެވެ.

ހޯލްސޭލް އަދި ރީޓެއިލް ހިދުމަތްވެސް ލިބޭ ގޮތަށް ހުޅުވާފައިވާ މި ފިހާރައިން، އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން އެސްޓީއޯއިން ރެކް ކުއްޔަށް ނަންގަވައިގެން ވިޔަފާރިކުރައްވާ ފަރާތްތަކުން ވިއްކާ މުދާވެސް ލިބޭނެއެވެ.

މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކުރާ ފިޔާ، އަލުވި، އަދި ބިސްވެސް މި ފިހާރައިން ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ހިޔާލު


ގުޅުންހުރި