ރާއްޖެރައްޔިތުންގެ މަޖިލިސް

މެރުއާނާ ހުއްދަކުރަން ޖާބިރު ގޮވާލުމުން، މެންބަރުންގެ ކަންބޮޑުވުން

27/03/2023

ޒައިން ރަޝީދު


ޝެއަރ

ރާއްޖޭގައި މެރުއާނާ ހުއްދަކުރަން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ގޮވާލުމުން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މެރުއާނާ ހުއްދަކުރުމަށް ޖާބިރު ގޮވާލީ, މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ލިބޭނެގޮތަށް ނިޒާމް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަައަށް އޮތް ހައްލަކީ މެޑިކަލްް މެރުވާނާ ހުއްދަކުރުން ކަމަށެވެ.

ޖާބިރު އެެހެން ވިދާޅުވުމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކެލާ ދާއިރާގެ މެންބަރު ޝަރީފް ވަނީ ނިޒާމީ ނުކުތާ ނަންގަވާ އެގޮތަށް ދީނާ ހިލާފު ވާހަކަ ދެއްކުން ހުއްޓުވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް މިއަދު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު ވިދާޅުވީ ކަންކަމުގެ މަޝްވަރާކުރެވޭނެ ކަމަށެވެ.

ހިޔާލު


ގުޅުންހުރި