ރާއްޖެސަރުކާރު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކޮށްފި

01/04/2023

ޒައިން ރަޝީދު


ޝެއަރ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީގެ ނަން އާބަންކޯއަށް ބަދަލުކޮށްފިއެވެ.

އެޗްޑީސީގެ ނަން ބަދަލުކޮށް ކުންފުނި ރީބްރޭންޑް ކުރީ ކޮންބައެއް ކަމެއް އަދި އެކަމަށް ޚަރަދުވީ ކިހާވަރެއް ކަމެއް ހާމައެއް ނުކުރެއެވެ. އެޗްޑީސީގެ ނަން ބަަދަލުކުރީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި ހަފްލާއެއްގައެވެ.

މިހާރުގެ އެޗްޑީސީ އެންމެ ފުރަތަމަ 2001 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވީ ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގެ ގޮތުންނެވެ. ފުރަތަމަ އެކަން ކުރީ ރައީސް އޮފީހުގެ ޔުނިޓެއްގެ ގޮތުގައެވެ.

އެއަށްފަހު މަސައްކަތް ފުޅާކޮށް, ކުންފުންޏަކަށް ބަދަލުކޮށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީގެ ނަމުގައި ކުންފުންޏެއް އުފެއްދިއެވެ. އަދި އޭގެ ފަހުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކުރިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ތަރައްޤީ ކުރެއްވީ ޔޫތް ސިޓީގެ ނަމުގައެވެ.

ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދެވިތާ މިއަދަށް މީ 22 ވަނަ އަހަރެވެ. އަދި މިހާރު އެޗްޑީސީން ދަނީ ހުޅުމާލޭގެ އިތުުރުން ގުޅީފަޅާއި ތިލަފުށި އަދި ކުޑަގިރި ބަލަހައްޓަމުންނެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީގެ ނަން އާބަންކޯއަށް ބަދަލުކޮށްފައި މިވަނީ އެޗްޑީސީއަކީ ފަސާދައާއި ކޮރަޕްޝަންގެ ހާއްޔެއްކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ދާދި ފަހުން އެޗްޑީސީގެ މުވައްޒަފަކު ތިޖޫރީން ވައްކަން ކުރިއިރު, އިތުރު މުވައްޒަފަކުވަނީ 1 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ރިޝްވަތު ނަގާ, ތިލަފުށިން ބިމެއް ވިއްކަން މަސައްކަތް ކޮށްފައެވެ.

ހިޔާލު


ގުޅުންހުރި