ރާއްޖެސަރުކާރު

ރ. މަޑުއްވަރީގައި ޕިކަޕަކުންޖެހި މަޑުއްވަރީ ކައުންސިލްގެ އެސްޖީ އަހުމަދު އަސްލަމް ނިޔާވެއްޖެ

09/04/2023

ޒައިން ރަޝީދު


ޝެއަރ

ރ. މަޑުއްވަރީގައި ޕިކަޕަކުންޖެހި މަޑުއްވަރީ ކައުންސިލްގެ އެސްޖީ އަހުމަދު އަސްލަމް ނިޔާވެއްޖެއެވެ.

އަސްލަމް ނިޔާވީ ކައުންސިލްގެ ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭގައި ޕިކަޕް ފަހަތުގައި އަސްލަމް ހުންނަވަނިކޮށް ޕިކަޕާއި ފާރާ ދޭތެރޭ ތާށިވެގެންނެވެ. މި އެކްސިޑެންޓަށްފަހު އަސްލަމަށް ދިޔައީ އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އަސްލަމް ނިޔާވީ ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އަހުމަދު އަސްލަމް ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ނޮވެންބަރުގައެވެ.

ހިޔާލު


ގުޅުންހުރި