ރާއްޖެސަރުކާރު

އިތުރު 20 އެމްބިއުލާންސް ގެނެސްދިނުން އެސްޓީއޯއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި

09/04/2023

ޒައިން ރަޝީދު


ޝެއަރ

ސިއްހީ ދާއިރާއަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތާއެކު އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަލްފާޟިލް އަހުމަދު އާދިލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ސަޢީދު އެވެ.

މި އެއްބަސްވުމުގެދަށުން 90 ދުވަހުގެ ތެރޭގައި 20 އެމްބިއުލާންސް ރާއްޖެ ގެނެސް، މިނިސްޓްރީއާ ހަވާލު ކުރާނެއެވެ.

އެސްޓިއޯ އިން މީގެ ކުރިންވެސް ވަނީ މިނިސްޓްރީގެ އެދުމަށް، ސިއްހީ ދާއިރާއަށް ބޭނުންވާ 96 އެމްބިއުލާންސް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އޭޕްރީލް 2022 އާއި ހަމައަށް ފޯރުކޮށް ދީފައެވެ.

ހިޔާލު


ގުޅުންހުރި