ރާއްޖެސަރުކާރު
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ އިބްރާހީމް ޝާޒް
15/04/2023
ޒައިން ރަޝީދު

ޝެއަރ
މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކޮށްފިއެވެ.
އެމްޑީޕީގެ އިބްރާހީމް ޝާޒް އިންތިހާބު ކާމިޔާބު ކުރީ 48.8 އިންސައްތަ ވޯޓުންނެވެ. އެއީ 1346 ވޯޓެވެ. ޝާޒްއާ އެންމެ ގާތުން ވާދަކުރި ޕީޕީއެމް ހުސައިން ރިޒާއަށް ލިބުނީ 1226 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފްއަށް ލިބުނީ 122 ވޯޓެވެ.
މިއީ ފާއިތުވި 15 އަހަރުގެ ތެރޭގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ.
މި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށި ބެހެއްޓިއެވެ. އެއީ ގުރައިދޫގައި 2 ވޯޓު ފޮށި، މާފުށީގައި 2 ވޯޓުފޮށި، ގުޅީގައި 1 ފޮށީގެ އިތުރުން އެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި 1 ވޯޓު ފޮއްޓެވެ.

ގުޅީގައި ބެހެއްޓި ވޯޓު ފޮށި
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 242 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 255 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 16 ވޯޓު
ގުރައިދޫ 1 ނަންބަރު ވޯޓު ފޮށި
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 219 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 179 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 21 ވޯޓު
ގުރައިދޫ 2 ނަންބަރު ވޯޓު ފޮށި
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 210 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 246 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 14 ވޯޓު
މާފުށި 1 ނަންބަރު ވޯޓު ފޮށި ނެތް
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 226 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 308 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 27 ވޯޓު
މާފުށި 2 ނަންބަރު ވޯޓު ފޮށި
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 179 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 196 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 24ވޯޓު
މާލޭގައި ބެހެއްޓި ވޯޓު ފޮށި
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 150 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 162 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 20 ވޯޓު
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެ ދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ.
ހިޔާލު
ގުޅުންހުރި