ރާއްޖެރައްޔިތުންގެ މަޖިލިސް

ގުރައިދޫ ދާއިރާއަށް އަލަށް ހޮވިވަޑައިގެންނެވި ޝާޒު ހުވާކުރައްވައިފި

24/04/2023

ޒައިން ރަޝީދު


ޝެއަރ

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ އިބްރާހީމް ޝާޒް މަގާމުގެ ހުވާކުރައްވައިފިއެވެ.

ޝާޒު ހުވާކުރެއްވީ މިއަދު ހެނދުނު 10:00ގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި މިއަދުގެ ޖަލްސާގައި ޝާޒު ބައިވެރިވެވަޑައިގަންނަވައެވެ.

އިބްރާހީމް ޝާޒް ގުރައިދޫ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ 48.8 އިންސައްތަ ވޯޓުންނެވެ. އެއީ 1346 ވޯޓެވެ. ޝާޒްއާ އެންމެ ގާތުން ވާދަކުރި ޕީޕީއެމް ހުސައިން ރިޒާއަށް ލިބުނީ 1226 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފްއަށް ލިބުނީ 122 ވޯޓެވެ.

މިއީ ފާއިތުވި 15 އަހަރުގެ ތެރޭގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ.

އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށި ބެހެއްޓިއެވެ. އެއީ ގުރައިދޫގައި 2 ވޯޓު ފޮށި، މާފުށީގައި 2 ވޯޓުފޮށި، ގުޅީގައި 1 ފޮށީގެ އިތުރުން އެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި 1 ވޯޓު ފޮއްޓެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެ ދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ.

ހިޔާލު


ގުޅުންހުރި