ރާއްޖެސަރުކާރު

ބްރޯޑްކާސްޓިންގ ކޮމިޝަނަންގެ މެންބަރުކަމަށް ސަފާ އައްޔަނުކުރަން ފާސްކޮށްފި

26/04/2023

ޒައިން ރަޝީދު


ޝެއަރ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް ޞަފާ ޝަފީޤު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ ޞަފާގެ އިތުރުން ޝިހާމް މުޙައްމަދު ވަޙީދުގެ ނަމެވެ. ޞަފާ އައްޔަނުކުރަން ފާސްވީ 40 މެންބަރުންގެ ވޯޓުންނެވެ. ޝިހާމް މުޙައްމަދު ވަހީދަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ.

ބްރޯޑްކޮމަށް މެންބަރަކު އައްޔަނުކުރަނީ ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމުގައި ހުރި އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު މިދިޔަ މާރިޗް މަހުގެ 15 ގެ ނިޔަލަށް ހަމަވުމާ ގުޅިގެންނެވެ.

7 މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިހާރު ތިބީ، އެކޮމިޝަންގެ ރައީސާ މަރިޔަމް ވަޙީދާއާއި، ނާއިބު ރައީސް މުޙައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެންބަރުން ކަމަށްވާ ޢަލީ ޔޫސުފާއި، އާމިނަތު އަމީނާއާއި، ޝިފްލާ އިބްރާހީމެވެ.

ހިޔާލު


ގުޅުންހުރި