ރާއްޖެއިދިކޮޅު

ރައީސް ޔާމީން ވަގުތީ ގޮތުން ގެޔަށް ބަދަލުކޮށްފި

01/10/2023

ޒައިން ރަޝީދު


ޝެއަރ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަގުތީ ގޮތުން ގެޔަށް ބަދަލުކޮށްފިއެވެ.

ރައީސް ޔާމީން ގެޔަށް ބަދަލުމިކުރީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ރައީސް ޔާމީން އެންޑޯޒްކުރެއްވި އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރައްވާ, ރައީސް ޔާމީން ގެޔަށް ބަދަލުކުރުމަށް ގޮވާލައްވާފައިވަނިކޮށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުޢިއްޒު ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމަކީ ރައީސް ސާލިޙަށް ކުރެއްވޭނެ ކަމެއް ކަމަށާއި ރައީސް ޔާމީން ގެޔަށް ބަދަލުކޮށް ދިނުމަށް މުޢިއްޒު އެދިވަޑައިގަތެވެ.

ރައީސް ޔާމީން ގެޔަށް ވަޑައިގެންނެވިއިރު އެތަށް ހާސްބަޔަކު ވަނީ އެމަނިކުފާނަށް މަރުޚަބާ ދެންނެވުމަށް ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއާއި ދަރިކަރުން ޒައިންވެސް އިސްތިގުބާލުގައި ތިއްބެވިއެވެ.

ހިޔާލު


ގުޅުންހުރި