ރާއްޖެސަރުކާރު

ރައީސުލްޖުމްހޫރިއްޔާ, އިންތިޚާބީ ރައީސް ޑރ. މުޢިއްޒުއާ ބައްދަލުކުރައްވައިފި

01/10/2023

ޒައިން ރަޝީދު


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް, އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޕީޕީއެމް / ޕީއެންސީގެ ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުالله ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު


ގުޅުންހުރި