ރާއްޖެރައްޔިތުންގެ މަޖިލިސް
މުޢިއްޒު ހުވާ ކުރައްވާ ޖަލްސާގެ އިންތިޒާމްތައް ފަށައިފި
30/10/2023
ޒައިން ރަޝީދު
ޝެއަރ
ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އިންތިޒާމްތައް މިއަދު ފަށައިފިއެވެ.
ހުވާ ކުރައްވާ ޖަލްސާގެ އެންމެހާ ކަންކަން ރައްޔިތުންގެ މަޖިލީހުން ހަވާލުކޮށްފައި ވަނީ ސިފައިންގެ ވެލްފެއަރ ކުންފުނި, ސިވެކްއާއެވެ. ނޭޝަނަލް ޓެންޑަރ ބޯޑުގެ ލަފާގެ މަތިން މި މަސައްކަތް ސިވެކާ ހަވާލުކޮށްފައި ވަނީ 22.9 މިލިއަން ދިވެހި ރުފިޔާއަށެވެ.
ހުވާކުރުމުގެ ޖަލްސާ އޮންނާނީ 17 ނޮވެމްބަރު 2023 ވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. ޖަލްސާގެ ހުރިހާ އިންތިޒާމްތައް, އޭގެ ތެރޭގައި ތަން ޒީނަތްތެރިކުރުމާއި އެތަނަށް ބޭނުންވާ އޯޑިއޯ ވީޑިއޯ ފަދަ އެންމެހާ އިންތިޒާމްތައް ހަމަޖައްސާނީ ސިވެކުންނެވެ.
"ނޭޝަނަލް ޓެންޑަރ ބޯޑުގެ ލަފާގެ މަތިން ހުވާކުރައްވާ ޖަލްސާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިވެކާ. ޕްރޮޖެކްޓްގެ މުޅި ޖުމްލަ އަގަކީ 22.9 މިލިއަން ރުފިޔާ" މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާޢު ވިދާޅުވިއެވެ.
ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ ނައިބު ހުވާކުރައްވާ ޖަލްސާއަށް 3,500 އަށް ވުރެ ގިނަ ބޭފުޅުންނަށް ދަޢުވަތު ދިނުމަށް މަޖިލީހުން ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި މި ސަރަހައްދުގެ ޤައުމުތަކުގެ ވެރިންނާއި ވަޒީރުންގެ އިތުރުން, ދިވެހި ދައުލަތުގެ ވެރިންނާއި އިއްޒަތްތެރިން ހިމެނެވެ.
މީގެ 5 އަހަރު ކުރިން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ހުވާކުރެއްވުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޖަލްސާއަށް 10 މިލިއަން ޚަރަދުވިއެވެ.
ހިޔާލު
ގުޅުންހުރި