ރާއްޖެއިދިކޮޅު
ޑރ. މުއިއްޒުއަކީ އިންޑިއާއާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރުމަކީ ގޯސް ސިފަކުރުމެއް: ރައީސް ނަޝީދު
01/11/2023
ޒައިން ރަޝީދު
ޝެއަރ
ބައިނަލްއަޤުވާމީ ނޫސްވެރިން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ އިންޑިއާއާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރުމަކީ ގޯސް ސިފަކުރުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރަހައްދީ ޖަމިއްޔާއަކުން ސްރީލަންކާގެ ރައީސް ރަނިލްވިކްރަމަސިންގ އާއެކު ކޮލަމްބޯގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ, ޑރ. މުޢިއްޒުއަކީ "ޕްރޯ މޯލްޑިވްސް" ބޭފުޅެއް ކަމަށެވެ. އަދި މުޢިއްޒު އިސްކަން ދެއްވާނީ ދިވެހީންނަށާއި ދިވެހީންގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އިންތިޚާބީ ރައީސް އަކީ އިންޑިއާއާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރުމަކީ ގޯސް ސިފަކުރުމެއް. އިންތިޚާބީ ރައީސް އަކީ 'ޕްރޯ މޯލްޑިވްސް' ބޭފުޅެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސްވެސް މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު އިންޑިއާ އާ ދެކޮޅު ނޫންކަމަށާއި, ދެކޮޅުވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އިންޑިއާއާ ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު ބާލާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ހިޔާލު
ގުޅުންހުރި