ރާއްޖެރައްޔިތުންގެ މަޖިލިސް

އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް މާދަމާވެސް ޖަލްސާއެއް ބާއްވަނީ

01/11/2023

ޒައިން ރަޝީދު


ޝެއަރ

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް އެމްޑީޕީ ހުށަހެޅި ގަރާރުގެ މަސައްކަތް އެޖެންޑާކޮށް, މާދަމާ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުން ނިންމައިފިއެވެ.

މާދަމާ ޖަލްސާ ބާއްވަން ނިންމެވިއިރު, އިތުބާރު ނެތްކަމުގެ މައްސަލާގައި މާދަމާ ޖަލްސާއެއް ބޭއްވުމަށް އެދި އެމްޑީޕީން ވަނީ މަޖިލީހުގެ އިދާރާގައި ދަންނަވާފައެވެ. މިއަދު ބޭއްވި އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ބައްދަލުވުމަށްފަހު, ޕީޖީން ބުނީ މާދަމާވެސް ޖަލްސާ ބާއްވަން އެދިފައިވާ ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލަ އަވަހަށް ނިންމަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ އިހުތިޖާޖްކޮށް, އިތުބާރު ގެއްލިފައިވުމާއެކު މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ރައީސް ނަޝީދު އިިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

މާދަމާގެ ޖަލްސާއާ ގުޅޭގޮތުން މަޖިލީހުން ވިދާޅުވީ ޖަލްސާ ބާއްވަން އެމްޑީޕީން އެދިވަޑައިގެންފައިވާ ކަމަށާއި މާދަމާ ޖަލްސާ އޮންނާނެ ކަމަށެވެ.

"މާދަމާ ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ރިކުއެސްޓް ވަނީ ލިބިފަ. މާދަމާ ޖަލްސާ އޮންނާނެ. އެޖެންޑާގައި އޮންނާނީ އިތުބާރުނެތްކަމުގެ ގަރާރު" މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާޢު ވިދާޅުވިއެވެ.

މަޖިލީހުން ޖަލްސާ އެޖެންޑާކުރިއަސް, ޖަލްސާ ބޭއްވޭނީ މަޖިލީހުގެ ނަައިބު ރައީސް އިވާ ޢަބްދުالله މަޖިލީހަށް ވަޑައިގެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނަމައެެވެ. ފާއިތުވި 4 ދުވަހުވެސް އީވާ ހުންނެވީ ސަލާމްގައެވެ. އެހެން ކަމުން މާދަމާގެ ޖަލްސާއަށްވެސް އީވާ ވަޑައިގަންނަވާނެކަމަކަށް ނުބެލެވެއެވެ.

ހިޔާލު


ގުޅުންހުރި