ރާއްޖެރައްޔިތުންގެ މަޖިލިސް
މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތުން 1 ވަނަ ޢާއިޝަތު އީޝާލް ޢަލީއަށް
24/12/2023
ޒައިން ރަޝީދު
ޝެއަރ
ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި ކުރެހުމުގެ މުބާރާތުން 1 ވަނަ ޢާއިޝަތު އީޝަލް ޢަލީ ހޯދައިފިއެވެ.
މިއަދު ބޭއްވި ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ޢީޝަލްއަށް 7,000 ރުރިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަޖިލީހުގެ އިދާރާގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދުއެވެ.
މުޅި މުބާރާތުން 1 ވަނަ ހޯދުމުގެ އިތުރުން އީޝަލް ވަނީ 14 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާއިންވެސް 1 ވަނަ ހޯދާފައެވެ. އުމުރުފުރާއިން 1 ވަނަ ހޯދުމުން 3,000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ.
މުޅި މުބާރާތުން 2 ވަނަ ލިބުނީ އަޙުމަދު އަތޫފް އަލީއަށެވެ. އަދި މުޅި މުބާރާތުން 3 ވަނަ ލިބުނީ ރާހީ އަޙްމަދު ސަޢީދު ހުށަހެޅި ކުރެހުމަށެވެ.
• ކުރެހުމުގެ މުބާރާތުގެ 14 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާ:
1 ވަނަ ޢާއިޝަތު އީޝާލް ޢަލީ ހުށަހެޅި ކުރެހުން
2 ވަނަ އަޙުމަދު އަތޫފް އަލީ ހުށަހެޅި ކުރެހުން
3 ވަނަ ރާހީ އަޙްމަދު ސަޢީދު ހުށަހެޅި ކުރެހުން
• ކުރެހުމުގެ މުބާރާތުގެ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާ:
1 ވަނަ ޢާއިޝަތު އަމްނާ އަލީ ހުށަހެޅި ކުރެހުން
2 ވަނަ އިބްރާހީމް މިމްޝަލް މުޙައްމަދު ހުށަހެޅި ކުރެހުން
3 ވަނަ ޢާފިޔާ މުޙައްމަދު ހުށަހެޅި ކުރެހުން
ކުރެހުމުގެ މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ - ޢާއިޝަތު އީޝާލް ޢަލީ
ކުރެހުމުގެ މުބާރާތުގެ މުޅި މުބާރާތުން 2 ވަނަ - އަޙުމަދު އަތޫފް އަލީ
ކުރެހުމުގެ މުބާރާތުގެ މުޅި މުބާރާތުން 3 ވަނަ - ރާހީ އަޙްމަދު ސަޢީދު
ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް މަޖިލީހުން އިދާރާއިން ބޭއްވި މި މުބާރާތަށް މިފަހަރު 75 ކުރެހުން ހުށަހަޅާފައިވެއެވެ.
ހިޔާލު
ގުޅުންހުރި