ރާއްޖެއިދިކޮޅު

މާލޭ ސިޓީގެ އައު މޭޔަރަކަށް އެމްޑީޕީގެ އާދަމް އާޒިމް

13/01/2024

ޒައިން ރަޝީދު


ޝެއަރ

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން އެމްޑީޕީގެ މޭޔަރ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.

ހުރިހާ ފޮޓެއްގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވާއިރު, އާދަމް އާޒިމް ވަނީ 43.79 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައެވެ. އެއީ ޖުމުލަ 7,621 ވޯޓެވެ.

އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރުއެވެ. އޭނާއަށް މިހާތަނަށް ލިބުނީ 28.91 އިންސައްތައެވެ. އެއީ 5,032 ވޯޓެެވެ. ތިނަ ވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ދަ ޑިމޮކްރޭޓްސްގެ މުޙައްމަދު ސައިފަށެވެ. އޭނާއަށް ލިބުނީ 13.42 އިންސައްތަ ވޯޓެވެ. އެއީ 2,336 ވޯޓެވެ.

މާލޭ ސިޓީގެ މޭޔަރުކަން ކަށަވަރު ކުރެއްވުމަށްފަހު އާދަމް އާޒިމް މީޑިއާއަށް ވިދާޅުވީ އެމްޑީޕީގެ ހައުސިންގ ސިޔާސަތު ތަންފީޒު ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަން ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އިންތިޚާބުގައި ވި ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހުރިހާ މުއައްސަސާތަކާއި ރައީސުލްޖުމްހޫރިއްޔާއާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން މި ބޭއްވީ ކައުންސިލްގައި ހިމެނޭ ބައެއް މެންބަރުން ސަރުކާރުގެ ބައެއް މަޤާމުތަކަށް ވަޑައިގެން އިސްތިއުފާ ދެއްވުމުންނެވެ.

ހިޔާލު


ގުޅުންހުރި