ވިޔަފާރި

ބިލްޑް އެކްސްޕޯ 2024: އެސްޓީއޯ ކޮންސްޓްރަކްޝަންގެ ސްޓޯލަށް ބޮޑު ތަރުހީބެއް

14/01/2024

ޒައިން ރަޝީދު


ޝެއަރ

ބިލްޑް އެކްސްޕޯގެ 3 ވަނަ އެޑިޝަންގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލޫޝަންސްގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ކޮންސްޓްރަކްޝަނާއި، ޢުމްރާނީ ތަރައްޤީ އަދި ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ އެކްސްޕޯގައި އެސްޓީއޯ ކޮންސްޓްރަކްޝަނުން ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ގިނަ ޕްރޮޑަކްޓްތައް ދައްކާލާފައެވެ.

އެގޮތުން އިމާރާތް ކުރުމަށް ބޭނުންވާ ހެވީ މެޝިނަރީއާއި ސާމާނުގެ އިތުރުން އިމާރާތުގެ ފިނިޝިންގ އަށް ބޭނުންވާ ސާމާނާއި އާލާތްތައްވެސް ހިމެނެއެވެ. އަދި އެސްޓީއޯގެ މަކިޓާ ބްރޭންޑް ޓޫލްތަކާއި އާލާތްތައްވެސް އެކްސްޕޯގައި އެސްޓީއޯ ކޮންސްޓްރަކްޝަން އިން ދައްކާލާފައިވެއެވެ.

ބިލްޑް އެކްސްޕޯ 2024 ކުރިއަށް ދިޔައީ މިމަހުގެ 11 އިން 14 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. މިއީ ޢިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުނަރުވެރި ފަރާތްތަކަށް އަމާޒުކޮށް, އަދި މި ދާއިރާގެ ތަފާތު ޕްރޮޑަކްތައް އެއްތަނަކުން ދައްކާލުމަށް ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ.

ހިޔާލު


ގުޅުންހުރި