ރާއްޖެސަރުކާރު

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ލަންކާއަށް ވަޑައިގެންފި

15/01/2024

ޒައިން ރަޝީދު


ޝެއަރ

ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް, އޮނަރަބަލް މުޙައްމަދު އަސްލަމް މިއަދު ކޮލަމްބޯއަށް ވަޑައިގެންފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 19ގެ ނިޔަލަށް އަސްލަމް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް, އޮނަރަބަލް މަހިންދަ އަބޭވަރދަނައިގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެެކެވެ.

ދަތުރުފުޅުގައި ލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވާ, މަޖިލީހުގެ މަސައްކަތް ބައްލަވާލައްވާނެއެވެ.

އަދި މީގެ އިތުރުން ލަންކާ ސަރުކާރުގެ ބައެއް އިސްވެރިންނާވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އެމަނިކުފާނުގެ ވަފުދުން ބައްދަލުކުރައްވާނެއެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްގެ އިތުރުން މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިޔުޝާ ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު


ގުޅުންހުރި