ވިޔަފާރި

ތިން ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

16/01/2024

ޒައިން ރަޝީދު


ޝެއަރ

ތިން ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފިއެވެ.

އެސްޓީއޯ ރަމަޒާން ބަޒާރު ސޭލްއަކީ ރަމަޟާން މަހަށް ބޭނުންވާ ގިނަ ސާމާނު އެއްތަނަކުން, އަގު ހެޔޮކޮށް ފަސޭހަކަމާއެކު ލިބޭނެހެން އެސްޓީއޯއިން ކޮންމެ އަހަރުކުރިއަށް ގެންދާ ސޭލްއެކެވެ. ރަމަޟާން ބާޒާރު ޕްރޮމޯޝަން ފައްޓަވާ ދެއްވީ އެސްޓީއޯގެ އެމްޑީ ސިމާދު އިބްރާހީމްއެވެ.

އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޟާން ބަޒާރުން ގަންނަ ގިނަ ތަކެތި ބޮޑެތި ޑިސްކައުންޓުލިބެއެވެ. ރަމަޟާން ބާޒާރުގައި މިފަހަރުވެސް ބަދިގެއާއި ގޭއަށް ބޭނުންވާ ގިނަ ސާމާނު ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެހެން އަހަރު ތަކާއި ހިލާފަށް، މި އަހަރުގެ ރަމަޟާން ބާޒާރު ގައި އެސްޓީއޯއިން ބޭނުން ކުރަނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަނެކެވެ. 1000 ރުފިޔާ އިން މަތީގެ ވިޔަފާރި ކުރައްވާ ކޮންމެ ބޭފުޅަކަށް ކޫޕަނެއް ލިބޭނެއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކުރާ ވިޔަފާރިތަކަށްވެސް ކޫޕަން ލިބޭނެއެވެ. އަދި މި ކޫޕަން މެދުވެރިކޮށް ލަކީޑްރޯގައި ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާއިރު, ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރްތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބިގެން ދޭނެ އެވެ.

މި ފަހަރު އެސްޓީއޯ ރަމަޟާން ބާޒާރު ކުރިޔަށްދާނީ 15 ޖަނަވަރީ އިން 11 އެޕްރީލްގެ ނިޔަލަށެވެ. މާލެއާއި އަތޮޅު ތެރޭގެ ރީޖަނަލް ފިރާހަތަކުންވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެއެެވެ.

ހިޔާލު


ގުޅުންހުރި