ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުން 5 ފެބްރުއަރީ ގައި

18/01/2024

ޒައިން ރަޝީދު


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުން އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާ މަޖިލީހުގެ އިދާރާއިން އެޖަލްސާގެ ތައްޔާރީތައް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނީ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. އެ ޖަލްސާ އޮންނާނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައެވެ.

ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ އާންމުކޮށް ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް މިއަދުން ފެށިގެން އެދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާއު ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ޚާއްސަ ކޮށްފައިވަނީ ރިޔާސީ ބަޔާން އިއްވެވުމަށްކަމަށާއި އެ ޖަލްސާގެ އިންތިޒާމްތައް މަޖިލީހުގެ އިދާރާއިން ބާރަށް ކުރަމުންދާ ކަމަށެވެ.

"ރިޔާސީ ބަޔާން އެއްވުމަށް ޚާއްސަ ޖަލްސާ އޮންނާނީ 5 ފެބްރުއަރީ ގައި. ޖަލްސާގެ އިންތިޒާމް މަޖިލީހުގެ އިދާރާއިން ދަނީ ކުރަމުން" ޙަސަން ޒިޔާޢު ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގެ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ދަނީ ކުރަމުންނެވެ. އެގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާ ކުރަމުންނެވެ. އެގޮތުން މިއަދު ޕީއެސްއެމްގެ ބޭފުޅުންނާއެކު ޖަލްސާގެ ލައިވް ޓެލެކާސްޓް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ހިޔާލު


ގުޅުންހުރި