މަޖިލިސް 2024

ޕީޕީއެމް/ޕީއެންސީ މަޖިލީސް ޕްރައިމަރީގައި 227 ވޯޓު ފޮށި

26/01/2024

ޒައިން ރަޝީދު


ޝެއަރ

މާދަމާ ބާއްވާ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި 227 ވޯޓު ފޮށި ބަހައްޓާނެކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ވެރިކަން ކުރާ ޕާޓީގެ ޕްރައިމަރީ މާދަމާ ބާއްވަނީ 73 ދާއިރާއެއްގައެވެ. މި 73 ދާއިރާއަށް ޖުމުލަ 283 ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށް ޕީއެންސީން ބުނެއެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އަށެވެ. އަތޮޅުތަކާއި މާލޭގައި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނެއެވެ. މާލޭގައި ވޯޓުލާ އަތޮޅު ތެރޭގެ ރައްޔިތުންގެ ވޯޓު ފޮށިތައް ހުންނާނީ ހެންވޭރު ދަނޑުގައެވެ. އަދި މޭލޭގެ ވޯޓު ފޮށިތައް ހުންނާނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތް ސެންޓަރާއި ހުޅުމާލޭގައި ހުންނަ ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލީސް ޕްރައިމަރީ މާދަމާ ބާއްވާއިރު, 15 ދާއިރާއަކަށް އިތުރު ބޭފުޅަކު ކުރިމަތިނުލާތީ 15 ބޭފުޅަކަށްވަނީ ޓިކެޓް ކަށަވަރު ވެފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ޗެއަރމަން ޢަބްދުއްރަޙީމްއާއި މިހާރުގެ ބައެއް މަޖިލީސް މެންބަރުން ހިމެނެއެވެ.

މާދަމާ ބައްވާ ޕްރައިމަރީގައި 73 ދާއިރާއަކަށް 71,597 މީހުންނަށް ވީޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ހިޔާލު


ގުޅުންހުރި