ރާއްޖެރައްޔިތުންގެ މަޖިލިސް

19 ވަޒީރުންނަށް ރުހުން ދީ 3 ވަޒީރުންނަށް ރުހުން ނެތްކަމަށް ފާސްކޮށްފި

29/01/2024

ޒައިން ރަޝީދު


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 3 ވަޒީރަކަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ރުހުން ނުދޭން ފާސްކޮށްފައިވަނީ އެޓަރނީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރެއްވި އަޙްމަދު އުޝާމްއާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަގާމަށް އައްޔަނު ކުރެއްވި މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޢަލީ ޙައިދަރު އަޙްމަދަށެވެ.

ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާ 19 ވަޒީރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ.

ހިޔާލު


ގުޅުންހުރި