ރާއްޖެސަރުކާރު
ބާ ކައުންސިލްގެ ރައީސް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
31/01/2024
ޒައިން ރަޝީދު
ޝެއަރ
ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު އިސްމާއިލް ވިޝާމް ކުއްލި ގޮތަކަށް މިރޭ އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވި ގޮތެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އޭނާ ގެންދެވީ ފައިގެ ސާޖަރީއަކަށްފަހު ފަރުވާ ހޯއްދަވަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ވިޝާމް ފެނުނީ އޭނާ ދިރިއުޅުއްވާ ގޭގެ އެތެރޭގައި އަވަހާރަވެފައި އޮތްވައެެވެ.
އުމުރުން 39 އަހަރުގެ ވިޝާމް ވަނީ މީގެ ކުރިން އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވައިފާ ޤާނޫނީ މާހިރެކެވެ. އަދި އޭނާ ގެންދެވީ ގާނޫނީ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ. ރާއްޖޭގެ ބާ ކައުންސިލްގެ ރައީސްކަމަށް ވިޝާމް އިންތިޚާބު ކުރީ 2022 ވަނަ އަހަރުގައެވެ.
ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުޙޫމްގެ ޢާއިލާއަށާއި ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވާފައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއްކަމަށާއި ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއްކަމަށެވެ.
ހިޔާލު
ގުޅުންހުރި