ރާއްޖެސަރުކާރު

ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް: ރައީސް

31/01/2024

ޒައިން ރަޝީދު


ޝެއަރ

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިރޭ ވިޝާމް އަވަހާރަވުމާ ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއްކަމަށެވެ. އަދި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ބައިވެރިވެވަޑައިގެން އިޚްލާޞްތެރި ތަޢުޒިޔާ މަރުޙޫމްގެ ޢާއިލާއަށާ ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ރައީސް ދަންނަވާފައިވެއެވެ.

އަދި މަރްޙޫމް އިސްމާޢީލް ވިޝާމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި މަރުޙޫމް އިސްމާޢީލް ވިޝާމް ލަހައްޓަވައި އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރެވިއެވެ.

ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު އިސްމާއިލް ވިޝާމް އަވަހާރަވި ގޮތެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އޭނާ ގެންދެވީ ފައިގެ ސާޖަރީއަކަށްފަހު ފަރުވާ ހޯއްދަވަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ވިޝާމް ފެނުނީ އޭނާ ދިރިއުޅުއްވާ ގޭގެ އެތެރޭގައި އަވަހާރަވެފައި އޮތްވައެެވެ.

ވިޝާމްގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު ހުޅުމާލޭގައި ހުންނަ އާސަހަރާ މިސްކިތުގައެވެ.

ހިޔާލު


ގުޅުންހުރި