ރާއްޖެސަރުކާރު

އެއާ ކާގޯ އޮޕަރޭޝަންސްގެ ހާލަތު ދެނެގަތުމަށް 'ނެޝަނަލް އެއާ ކާގޯ ސަޓަޑީ' ގެ ނަމުގައި ދިރާސާއެއް

01/02/2024

ޒައިން ރަޝީދު


ޝެއަރ

މުޅި ރާއްޖެއަށް އެއާ ކާގޯގެ ހިދުމަތް ފެށުމަށް, އެއާ ކާގޯ އޮޕަރޭޝަންސްގެ ހާލަތު ދެނެގަތުމަށް 'ނެޝަނަލް އެއާ ކާގޯ ސަޓަޑީ' ގެ ނަމުގައި ދިރާސާއެއް ހެދުމަށް ރީޖިނަލް އެއާޕޯޓްސް ލިމިޓެޑް (އާރްއޭސީއެލް) އިން ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާރްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު މުބީންއެވެ. ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސްލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މުޅިރާއްޖެ ހިމެނޭހެންކުރާ ދިރާސާ ކުރިއަށްދަނީ ރަށްތައް ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. ދިރާސާ ނިންމުމަށް ތާވަލް ކުރެވިފައިވަނީ ހަތަރު މަސް ދުވަހުންނެވެ.

އެ މިދިރާސާއިން ހޯދޭނެ ބައެއް މައުލޫމާތު ތަކުގެ ތެރޭގައި ރައްޔިތުންގެ މެދުގައި އެއާކާގޯ މެދުވެރިކޮށް އަވަސްކޮށް މުދާ ފޮނުވަން ބޭނުންވެފައިވާ މިންވަރު ދެނެގަތުމާއި ވިޔަފާރި ތަކުން އެއާކާގޯ މެދުވެރިކޮށް މުދާ ފޮނުވަން ބޭނުންވެފައިވާ މިންވަރު ދެނެގަތުން ހިމެނެ އެވެ.

މީގެއިތުރުން އެއާކާގޯ މެދުވެރިކޮށް މުދާފޮނުވުމަށްޓަކައި ދިމާވާ ދަތިތައް އަދި މިކަންކަން ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމާއި ކަނޑުމަގުން އެއާޕޯޓާއި އެހެން ރަށްތަކާއި ދޭތެރޭ ކާގޯ ގެންދިއުމަށް ހުރި ހުރަސްތައް ދެނެގަތުމާއި ރީޖަނަލް އެއޕޯޓްސްތަކުގައި އެއަރކާގޯގެ ޚިދުމަށް ދިނުމަށްޓަކައި ވަސީލަތްތައްހުރި މިންވަރު ދެނެގަތުން ވެސް ހިމެނެ އެވެ.

ހިޔާލު


ގުޅުންހުރި