ވިޔަފާރި

ހިޓާޗީ ބްރޭންޑްގެ އިތުރު ޕްރޮޑަކްޓްސްތަކުގައި "ހަކަތަރި" ލޭބަލް ޖަހައިފި

27/06/2024

ޒައިން ރަޝީދު


ޝެއަރ

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ ހިޓާޗީ ބްރޭންޑްގެ އިތުރު ޕްރޮޑަކްޓްސްތަކުގައި "ހަކަތަރި" ލޭބަލް ޖަހައިފިއެވެ.

މިފަހަރު ހަކަތަރި ލޭބަލް ޖަހާފައިވަނީ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނާއި އައިސްއަލަމާރީގައެވެ. ލޭބަލް ޖެހުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް ލޭބަލް ޖެހީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕާމަނެންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާާދު އިބްރާހިމް އަދި އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯރ އޮފީހުގެ ޑިރެކްޓަަރ އޮފް ސޭލްސް ތަރުން ޖެއިންއެވެ.

"ހަކަތަރި" ލޭބަލް އަކީ ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ އަދި އަންގައިދިނުމަށް ޖަހާ ދިވެހި ލޭބަލެކެވެ. މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން 2021 ވަނަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތެކެވެ. އަދި ލޭބަލް ހުންނަނީ 1 އިން 5 ތަރިއާ ހަމަޔަށް ގިންތި ކޮށްފައެވެ.

ލެބަލް ޖެހުމުގެ މަގްސަދަކީ ރާއްޖެއަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. ހަކަތަރި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވި ކުންފުންޏަކީ އެސްޓީއޯ އެވެ.

އެގޮތުން 2022 ވަނަ އަހަރު ވަނީ އެސްޓީއޯއިން ވިއްކާ ހިޓާޗީ އެއާކޮންޑިޝަންތަކުގައި ހަކަތަރި ލޭބަލް ޖަހާފައެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހިޓާޗީ އައިސްއަލަމާރީގެ 14 މޮޑެލްއެއްގައި ހަކަތަރި ލޭބަލްޖެހިއެވެ. މި ލޭބަލްތަކުގެ ތެރޭގައި ތިން ތަރިއާއި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ. އަދި މިއަދު ވަނީ ހިޓާޗީ ބްރޭންޑުގެ ހަކަތަރި ލޭބަލް ޖެހި އައިސް އަލަމާރި އާއި ދޮންނަމެޝިން ތައާރަފްކޮށްފައެވެ.

އެސްޓީއޯ އިން ހަކަތަރި ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ, ކަސްޓަމަރުން މުދާ ގަންނައިރު ހަކަތަރި ރޭޓިންގ ޖަހާފައިވާ ކަރަންޓު ހަރަދު ކުޑަ މުދާކަން އަންގައި ދިނުންކަމަށް އެސްޓީއޯއިން ބުނެއެވެ.

ހިޔާލު


ގުޅުންހުރި