ރާއްޖެސަރުކާރު

އެފްއޭއެމްގެ ފައިސާއިން ބައްސާމު ގަތް ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލުކުރަން އަންގައިފި

04/10/2024

މުޙައްމަދު ޛިހާން ޒުބައިރު


ޝެއަރ

ފީފާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދިން ފައިސާއަށް ޚިޔާނާތްތެރިވެ, އެ ފައިސާއަށް އޭފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް ދެ އެޕާޓްމަންޓް އަންނަ އާދިއްތަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުުރުމަށް އަންގައިފިއެވެ.

ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ކުރިން އެ 2 އެޕާޓްމަންޓު ހަވާލު ނުކޮށްފިނަމަ ފުލުހުންގެ ބެލުމުގެ ދަށަށް އެތަންތަން ގެންނާނެކަމަށެވެ.

އެފްއޭއެމްގެ ފައިސާއަށް ބައްސާމު ގަނެފައި ވަނީ ހުޅުމާލޭގައި އަމީން އޮންސްޓްރަކްޝަންއިން އިމާރާތްކޮށްފައިވާ އަމީން އެވެނިއުގެ ދެ އެ އެޕާޓްމަންޓެވެ. އެ އެޕާޓްމަންޓް ގަތުމަށް ބައްސާމް ވަނީ 1 މިލިއަން ޑޮލަރު ޚަރަދު ކޮށްފައެވެ. އެޕާޓްމަންޓްތައް ހަވާލުކުރުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު ކޯޓުން ވަނީ އަމުރުވެސް ކޮށްފައެވެ.

ކޮވިޑްގެ ދުވަސްވަރު ރާއްޖޭގެ ކުލަބުތަކަށް އެހީވުމަށް ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ބައްސާމްއާއި އެފްއޭއެމްގައި އޭރު މަސައްކަތް ކުރި ދެ މީހަކު ބައިވެރިވެގެން ޚިޔާނަތްތެރިވި މައްސަލާގައި ދައުވާކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ. މިމައްސަލާގައި އަމީން ކޮންސްޓްރަކްޝަންވެސް ބައިވެރިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުވާކުރަނީ ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ މައި ކުންފުނި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށާއި އެފްއޭއެމްގެ ކުރީގެ ފިނޭންސްގެ ހެޑް މުޙައްމަދު އަގީލުގެ އިތުރުން އެފްއޭއެމްގައި އޭރު އެންމެ އިސްކޮށް މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށެވެ.

ހިޔާލު


ގުޅުންހުރި