ރާއްޖެސަރުކާރު

ބައްސާމް އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލުކުރުމަށްފަހު ހައި ކޯޓަށް

11/10/2024

މުޙައްމަދު ޛިހާން ޒުބައިރު


ޝެއަރ

މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލް ފީފާ އިން ރާއްޖެއަށް ދިން ފައިސާއަށް ޚިޔާނަތްތެރިވެ, އެ ފައިސާއަށް ގަނެފައިވާ ދެ ޕެންޓް ހައުސް ފުލުހުންނާ ހަވާލުކުރުމަށްފަހު, އެޕާޓްމަންޓް ހަވާލުކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އަމީން އެވެނިއު އިން ފީފާގެ ފައިސާއަށް ބައްސާމް ވަނީ ދެ ޕެންޓް ހައުސް ގަނެ, އެ ދެތަން އެއްކޮލުމަށްފަހު ބޮޑު ޕެންޓް ހައުސްއެއް ހަދާފައެވެ. އެތަން ފުލުހުންނާ ހަވާލުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭ ކޯޓުން މިދިޔަ ސެޕްޓެމްބަރ 28 ގައި ނެރުނު އަމުރުގައި ބުނެފައިވަނީ ހަ ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހުސްކޮށް ފުލުހުންނާ ހަވާލުކުރުމަށެވެ.

ބައްސާމްވަނީ މުއްދަތު އިތުރުކޮށްދޭން ފުލުހުންގެ އިދާރާގައި އެދިފައެވެ. ފުރަތަމަ މުއްދަތު އިތުރުކޮށްދޭން ފުލުހުން ނިންމުމަށްފަހު ފަހުންވަނީ އެ ނިންމުން ބަދަލުކޮށް 8 ސެޕްޓެމްބަރު 2024 ދުވަހުގެ ކުރިން ހަވާލުކުރުމަށް ފުލުހުން އެންގިއެވެ. އަދި އެރޭ ދަންވަރު އެޕާޓްމަންޓް ހުސްކޮށް ބައްސާމް ވަނީ އެތަން ފުލުހުންނާ ހަވާލުކޮށްފައެވެ.

ކޮވިޑްގެ ހާލަތުގައި އެފްއޭއެމް އިން ފީފާ މެދުވެރިކޮށް ނެގި ލޯނުގެ ފައިސާއަށް ޚިޔާނަތްތެރިވެ, އެ ފައިސާ ބޭނުން ކޮށްގެން ބައްސާމު އަމީން އެވެނިއުގެ 2 އެޕާޓްމަންޓު ގަނެފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ހާމަކޮށް, އޭނާއާ ދެކޮޅަށްވަނީ ދައުވާކޮށްފައެވެ.

ހިޔާލު


ގުޅުންހުރި