ވިޔަފާރި
ރޯދަ މަހަށް ހާއްސަ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް "ރޯދަ ސޭލް" ފަށައިފި
02/02/2025
ޒައިން ރަޝީދު
ޝެއަރ
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކުވެސް ބައްވާ "ރޯދަ ސޭލް" ޕްރޮމޯޝަން މިއަހަރުވެސް ފަށައިފިއެވެ.
ބޮޑެތި ޑިސްކައުންޓްތަކާއިއެކު ކުރިއަށްދާ އެސްޓީއޯ ކޮންސްޓްރަކްޝަންގެ ރޯދަ ސޭލް ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 މާރިޗު 2025 ގެ ނިޔަލަށެވެ. މިއަހަރުގެ ރޯދަ ސޭލް ފައްޓަވައި ދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަލްފާޟިލް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއަރ ގެ ޑިރެކްޓަރ އަލްފާޟިލް ޒައިދު މުހައްމަދުއެވެ.
މިޕްރޯމަޝަންގައި ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއްލިބޭނެއެވެ. އަދި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓް ކަސްޓަމަރުންނަށް ލިބޭނެއެވެ. އެގޮތުން ނިޕޯން ޕެއިންޓް އިން %20 އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން %50 ޑިސްކައުންޓް ލިބޭނެކެމަށް އެސްޓީއޯ ކޮންސްޓްރަކްޝަން އިން ބުނެއެވެ.
މި ޕްރޮމޯޝަންގެ މިއަހަރު ވެލިގާ ހާޑްވެއާ އިންވެސް ބައިވެރިވެއެވެ. އަދި ޕްރޮމޯޝަންގައި ގުރުއަތުން ނަގާ ނަސީބުވެރިއަކަށް ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ދިނުމަށް ހަމަޖެހިފައިވެއެވެ.
މިސޭލް ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓް ތަކުގައެވެ. އަދި އެސްޓީއޯގެ ރީޖަލަން އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.
ހިޔާލު
ގުޅުންހުރި