ވިޔަފާރި

"އޭޓީއެމްގައި ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުހީބެއް، މިއަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުން"

01/05/2025

ޒައިން ރަޝީދު


ޝެއަރ

ދުބާއީގައި މިހާރު ކުރިއަށްދާ އެރޭބިއަން ޓެރެވެލް މާކެޓްގައި ރާއްޖޭގެ ސްޓޭންޑަށް އުއްމީދު ކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވައިރޮންމަންޓް ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެރެބިއަން ޓްރެވެލް މާކެޓްގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތުމަށްފަހު، ދުބާއީގައި ހުންނަވާ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އޭޓީއެމްގައި ރާއްޖެ ތަމްސީލު ކުރުމަށް 111 ކުންފުންޏަކުން 235 މީހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ގެސްޓް ހައުސްތައް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތައް ހިމެނެއެވެ. މި އަހަރުގެ ފެއާގައި ރާއްޖޭގެ ސްޓޭންޑްގައި ކުރެހުންތެރިންނާއި ޕާފޯމިންގ އާޓްސްގެ ހަރަކާތްތައް ދައްކާލާފައިވެއެވެ.

މިނިސްޓަރ ތޯރިޤް ވިދާޅުވީ ރާއްޖެ ތަމްސީލު ކުރުމަށް އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ރާއްޖޭގެ ސްޓޭންޑަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ހިޔާލު


ގުޅުންހުރި