ރާއްޖެސަރުކާރު

ސިޔާދަތަށް ގެއްލުންވާނެ ކަމަކަށް އޮތީ ހައިޑްރޯގްރަފީ އެއްބަސްވުން، އެއްބަސްވުން އާ ނުކުރާން ވަނީ ނިންމާފަ: ރައީސް

03/05/2025

ޒައިން ރަޝީދު


ޝެއަރ

ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުމަކީ ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާގޮތަށް އޮތް އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން އައު ނުކުރާން ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހައިޑްރޯގްރަފީ އެއްބަސްވުމަކީ އައު ނުކުރެވޭނެ އެއްބަސްވުމެއް ކަމަށާއި، ދެން ހުރި އެއްބަސްވުން ތަކުގައި ހުރި ކަންބޮޑުވުންތައް ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިޔާދަތައް ގެއްލުންވާނެ، ނުވަތަ އެފަދަ އެއްވެސް ކަންބޮޑުވުމެއް އެއްބަސްވުންތަކުގައި މިހާރު ނުހުންނާނެކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއްބަސްވުންތައް ހާމަނުކުރެވިގެން އުޅެނީ އެއްބަސްވުންތައް ހާމަކުރުމުގައި އެއްބަސްވުން ހަދާފައިވާ ގައުމުތަކުގެ ރުހުން ލިބިގެންކަމަށްވާތީ، އެކަމުގެ މަޝްވަރާތައް ކުރަމުން ދާކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހައިޑްރޯގްރަޕީގެ ދާއިރާއިންވެސް ދިވެހީން ތަމްރީން ކުރުމުގެ ފުރުސަތު ހުރިހާ ގައުމަކަށްވެސް އޮންނާނެކަމަށެވެ. އަދި އެމަސައްކަތް ކުރަމުންދާކަން ފަހަގަކުރެއްވިއެވެ.

ހައިޑްރޯގްރަފީ އެގްރީމަންޓަކީ އެމްޑީޕީގެ ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުމެކެވެ. އެ އެބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޯގްރަޕީ ސަރވޭތައް ހަދާ، އެކަމާއި ގުޅުންހުރި މަސައްކަތް ކުރުމަށް އެއްބަސްވެފައިވެއެވެ.

ހިޔާލު


ގުޅުންހުރި