ވިޔަފާރި
އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާއެކު ފާހަގަކޮށްފި
20/05/2025
ޒައިން ރަޝީދު
ޝެއަރ
އެލައިޑަށް 40 އަހަރު ފުރުން ފާހަގަކުރުމަށް، ކަސްޓަމަރުންނާއެކު ހަރަކާތެއް ބާއްވައިފިއެވެ.
"އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް"ގެ ނަމުގައި ޖެން ހޮޓެލްގައި ކުރިޔަށްގެންދިޔަ މިއިވެންޓް ހާއްސަކޮށްފައި ވަނީ އެލައިޑުގެ ދިގު ކާމިޔާބު މާޒީގެ ފަހަތުގައިވާ އަގުހުރި، ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް އެފަރާތްތަކާއި އެކު ވަގުތު ހޭދަކޮށް ހިޔާލު ބަދަލުކުރުން ކަމަށް އެލައިޑުން ބުނެއެވެ.
މީގެ އިތުރުންވެސް، އެލައިޑް އިންޝުއަރަންސުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މިއަހަރަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ ހައިލައިޓްސް ވަނީ ކަސްޓަމަރުންނާއި ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި، ކްރިޓިކަލް އިލްނެސް ކަވަރ، ސައިބަރ އިންޝުއަރަންސް ކަވަރ އަދި އެމްޕްލޯޔަރސް ލައިބިލިޓީ ކަވަރ ހިމެނެއެވެ.
މިޕްލޭންތަކާއި ގުޅޭގޮތުން އެލައިޑުން ބުނެފައިވަނީ ކުންފުނީގެ އުފެއްދުންތައް ބައްޓަން ކުރުމުގައި ބަވަނަވަމުންދާ ދުނިޔޭގެ ބަދަލުތަކަށް ފެތޭގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މިޕްލޭންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ އުއްމީދެއްކަމުގައި އެލައިޑުން ވަނީ ފާހަގަކޮށްފައެވެ.
މިއިވެންޓްގައި އެލައިޑުންވަނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ރީބްރޭންޑްކޮށް "އެލައިޑް ތަކާފުލް"އަށް ބަދަލުކޮށްފައެވެ. ޝަރީއާ ކޮމްޕްލައިންޓް އިންޝުއަރަންސް ހިދުމަތްތައް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ސޮލިއުޝަންސް ފޯރުކޮށްދެމުން އަންނަ މިގޮތްޕައް މިއަހަރު ވަނީ 11 އަހަރު ފުރިފައެވެ.
ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ އިވެންޓްގައި އެލައިޑުން ވަނީ މިއިވެންޓްގެ ކޮންމެ ބައިވެރިއަކަށް ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާކޮށްފައެވެ. 150،000 ރުފިޔާގެ އަގުހުރި ގޭތެރޭގެ މުދާ ރައްކާތެރިކުރާ މިޕްލޭނަކީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. ހަމައެއާއި އެކު އިވެންޓްގެ ބައިވެރިންގެ ތެރެއިން ނަސީބު ގުރުއަތުން ހޮވުނު 3 ފަރާތަކަށް އެލައިޑުން ވަނީ 1 އަހަރުގެ ދުވަހުގެ ވަރލްޑްވައިޑް ޓްރެވަލް ޕްލޭނެއް (އޫއެސްއޭ އާއި ކެނެޑާ ނުހިމެނޭގޮތަށް) ވެސް ހަދިޔާކޮށްފައެވެ. މިޕްލޭނުގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ކުރާ ސިއްހީ ފަރުއާއަށްދާ ހަރަދާއި ދަތުރު ޑިލޭވުމާއި ކެންސަލްވުން އަދި ލަސްވެ ނުވަތަ ގެއްލޭ ދަބަސް ފަދަ ތަކެއްޗަށް ބަދަލު ލިބެއެވެ.
ހިޔާލު
ގުޅުންހުރި