ރާއްޖެސަރުކާރު

ބަންޑާރަ ކޮށީގައި ސިފައިންގެ މީހަކު މަރުވެފައިހުއްޓާ ފެނިއްޖެ

01/06/2025

ޒައިން ރަޝީދު


ޝެއަރ

ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި ސިފައިންގެ މީހަކު މަރުވެފައި ހުއްޓާ މިރޭ ފެނިއްޖެއެވެ. މަރުފައިވާ ހުއްޓާ ފެނުނީ ސަރޖަންޓް އިބްރާހީމް އިނާޒުކަން ވަނީ ކަށަވަރުވެފައެވެ.

ސާޖަންޓް އިނާޒް މަރުވެފައި ހުއްޓާ ފެނުނީ ބަންޑާރަކޮށީގެ ފާޚާނާއެއްގެ ތެރެއިންނެވެ. އޭނާއަކީ ސިފައިންގެ ތެރޭގައި އޮންނަ މެރިންސްގައި މަސައްކަތް ކުރަމުންދާ ސިފައިން މީހެކެވެ. އޭނާ ކުރިން މަސައްކަތް ކުރީ މިލިޓަރީ ޕޮލިސްގައެވެ.

މިރޭ ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބަންޑާރަ ކޮށީގައި މީހަކު މަރުވި މަސައްލައެއް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުންދާކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ. މީޑިއާތަކުގެ އެއްވެސް ފޯނަކަށް އެމްއެންޑީއެފްއިން ޖަވާބެއް ނުދެއެވެ.

ހިޔާލު


ގުޅުންހުރި