ރާއްޖެއިދިކޮޅު

މޭޔަރ އާޒިމް ވިދާޅުވަނީ ގުޅުއްވުމަށް، ނަމަވެސް ރައްޔިތުން ވިދާޅުވަނީ ފޯން ނުނަންގަވާ ކަމަށް

30/07/2025

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ ޚިޔާލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ އޭނާ ރައްޔިތުން ގުޅުއްވުމުން ނުވަތަ މެސެޖުކުރެއްވުމުން ޖަވާބު ދެއްވާނެކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި މާލޭގެ ރައްޔިތުން ބުނީ އެމީހުންގެ ފޯނަކަށްވެސް އަދި މެސެޖަކަށްވެސް މޭޔަރ އާޒިމް ޖަވާބު ނުދެއްވާކަމަށެވެ.

އެތަނުން އެކަކު ބުނީ އެމީހުންގެ ފޯނަށްވެސް އަދި މެސެޖަށްވެސް އާޒިމް ޖަވާބު ނުދެއްވަނީ އެމީހުންނަކީ ނިކަމެތި ފަގީރުންނަށްވީމަ ކަމަށެވެ. ނަމަވެސް ފުންނާބުއުސް ބޭފުޅަކު ގުޅުއްވައިފިނަމަ މޭޔަރ ނިދިކުރައްވަން އޮތަސް ފޯނު ނަންގަވާނެ ކަމަށެވެ.

ހިޔާލު


ގުޅުންހުރި