ވިޔަފާރި

އެޑްވަޓޯރިއަލް: ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓަމް، އިތުރު ރައްކާތެރިކަމާއި ފަސޭހަކަން

21/08/2025

ޒައިން ރަޝީދު


ޝެއަރ

ރާއްޖެ އުމްރާނީ ގޮތުން ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، އިމާރާތްތަކުގެ ޑިސައިންގެ ތެރެއަށް ރައްކާތެރި ކަމުގެ އިތުރު ކަންކަން ދަނީ ތަޢާރަފް ކުރަމުންނެވެ. އެގޮތުން މިފަދަ އެއްކަމަކީ "ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓަމް" އެވެ. މިއީ އާންމުކޮށް ގޭގައި ކައްކަން ބޭނުންކުރާ ގޭސް ސިލިންޑަރުތަކުގެ ބަދަލުގައި ބޭނުންކުރެވޭ ޒަމާނީ ނިޒާމެކެވެ. އަދި މިއީ ތަރައްގީވެފަައިވާ ގިނަ ޤައުމުތަކުގައި މިހާރު ބޭނުންކުރަމުން އަންނަ ރައްކާތެރި ނިޒާމެވެކެވެ.

ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓަމް އަކީ ކޮބާ؟

ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓަމަކީ ގިނަ އަދަދެއްގެ އެލްޕީޖީ ޓޭންކެއް ނުވަތަ ސިލިންޑަރ ބޭންކެއް، އިމާރާތުގެ އެންމެ ތިރީބުރީގައި ގާއިމްކޮށް، އޭގެއިން ހޮޅިތަކުގެ ވިއުގައެއް މެދުވެރިކޮށް އިމާރާތުގައި ހުންނަ ކޮންމެ އެޕާޓްމަންޓަކަށް ވަކިވަކިން ގޭސް ގުޅާލެވޭ ނިޒާމެކެވެ. މި ނިޒާމްގެ ސަބަބުން އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުންގެ ބަދިގެތަކަށް ސީދާ މެދުނުކެޑި ގޭސް ލިބޭނެއެވެ. އަދި ވަކިވަކި މީޓަރުތަކުން އެބަޔަކު ބޭނުންކުރާ ގޭސް މޮނިޓަރވެސް ކުރެވޭނެއެވެ.

ބޭނުންކުރާ ޤައުމުތައް

ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓަމަކީ މިހާރުވެސް ދުނިޔޭގޭ ތަރައްގީވެފައިވާ ގިނަ ޤައުމުތަކުގައި ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެކެވެ. ހާއްސަކޮށް އުންރާނީ ގޮތުން ތަރައްގީވެ، އާބާދީ ބޮޑު އަދި ރައްކާތެރިކަމަށް އިސްކަންދޭ ޤައުމުތަކުގައި "ބިލްޑިންގ ކޯޑް"ގެ ތެރޭގައި ހިމަނައިގެން ބޭނުން ކުރަމުން އަންނަ ނިޒާމެކެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކާއި، ދުބާއީ، ސިންގަޕޫރު، މެލޭޝިއާ، ތަައިލޭންޑް އަދި އިންޑިއާ ފަދަ ޤައުމުތަކުގައި މިހާރުވެސް މި ނިޒާމް ބޭނުންކުރެއެވެ.

މިއީ ރައްކާތެރި ނިޒާމެއް ތޯ؟

ރާއްޖޭގެ އާބާދީ ބޮޑު ބައެއް އުޅޭ މާލެއަކީ ތޮއްޖެހިފައިވާ ސިޓީއެކެވެ. އެހެންކަމުން މާލެ ފަދަ ސަރަހައްދެއްގައި މިފަދަ ނިޒާމެއް ގާއިމްކުރާނަމަ ފުރަތަވެސް އުފެދޭ ސުވާލަކީ މިއީ ކިހާ ރައްކާތެރި ނިޒާމެއް ތޯއެވެ. އެގޮތުން ބަލާއިރު ވަކިވަކިން ގޭސް ސިލިންޑަރު ބޭނުންކުރުމަށްވުރެ، އެތައް ގޮތަކުން ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓްގެ ރައްކާތެރިކަން ބޮޑެވެ.

އެގޮތުން މި ނިޒާމުން ލިބޭ އިތުރު ރައްކާތެރިކަމަށް ބަލާއިރު:

• ލީކް ޑިޓެކްޓަރސް: ޕައިޕްލައިންގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ލީކް ޑިޓެކްޓަރސްތަކެއް ހަރުކުރެވިފައި ހުރުމުގެ ސަބަބުން، އެއްވެސް ހިސާބަކުން ލީކްވާނަމަ އެކަން ދެނެގަނެވޭނެއެވެ. އަދި ހަރުކުރެވިފައި ހުންނަ އޮޓޯ ޝަޓްއޮފް ވޭލުތަކުން އެލީކްވާ ހިސާބެއް ވަގުތުން ބަންދު ކުރެވިގެންދާނެއެވެ.

• ސިލިންޑަރ ގެންގުޅެން ނުޖެހުން: އަވަސް އަވަހަށް ސިލިންޑަރ ބަދަލުކުރަން ޖެހުުމުގެ ސަބަބުން ރެގިއުލޭޓަރ ދޫވެ ގޭސް ލީކްވާން މެދުވެރިވއެވެ. މިނިޒާމުގެ ސަބަބުން ސިލިންޑަރ ބަދަލުކުރާކަށް ނުޖެހޭނެއެވެ.

• ފަޔަރ ރެސިސްޓަންޓް ވަސީލަތްތައް: ޕައިޕްލައިން އަޅަން ބޭނުންކުރެވޭ ހުރިހާ މެޓީރިއަލްއަކީވެސް ފަޔަރ ރެސިސްޓަންޓް މެޓީރިއަލްތަކެވެ. އަދި ފަޔަރ އެންޑް ރެސްކިއުގެ ސޭފްޓީ ޕްރޮޓޮކޯލްއާއި އެއްގޮތަށް އެޅިގެންދާ ޕައިޕްލައިނެއްކަމުން އިތުރަށް ރައްކާތެރިކަން ކަށަވަރުވެގެންދެއެވެ.

• ގަވާއިދުން މަރާމާތުކުރުން: ހިތުމަތްދޭފަރާތުން ރެގިއުލާ އިންސްޕެކްޝަންތައް ހިންގައި ޕައިޕްލައިން ސިސްޓަމް އެންމެ ރަނގަޅު ހާލަތުގައި ދެމެހެއްޓޭކަން ކަށަވަރުކުރެއެވެ.

އިތުރު ފައިދާތައް:

• 24 ގަޑިއިރު ސަޕްލައި: ގޭސްފުޅި ހުސްވެގެން އުޅޭކަށްނުޖެހޭނެއެވެ. އަދި ގޭސްފުޅި އަންނަންދެން އިންތިޒާރުގަ ތިބޭކަށްވެސް ނުޖެހޭއެވެ.

• ޖާގަ ސަލާމަތްވުން: ގޭސްފުޅި ބަހައްޓަން ޖާގަ ހަދަން ނެޖެހޭނެއެވެ. މީގެ ސަބަބުން ބަދިގޭގެ އެހެނިހެން އެއްޗެހި ލާން ޖާގަލިބިގެންދާނެއެވެ.

• ގޭސް ބޭނުންކުރެވޭ މިންވަރަށް ފައިސާ ދައްކަން ޖެހުން: ސްމާތް މީޓަރުތަކުން ގޭސް ބޭނުންކުރެވޭ މިންވަރު ފެންނަން ހުރުމުން، ދިރިއުޅޭ ފަރާތްތަކަށް ހަމައެކަނި ބޭނުންކުރާ މިންވަރަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދެއެވެ.

ހިޔާލު


ގުޅުންހުރި