ވިޔަފާރި

ތިލަފުށީގައި ލިކިއުއިޑް ނައިޓްރޮޖަން އުފައްދާ ބާޒާރަށް ނެރެނީ

05/10/2025

ޒައިން ރަޝީދު


ޝެއަރ

ކުރިއަށް ދެމަސް ދުވަހުގެ ތެރޭގައި ތިލަފުށީގައި ލިކިއުއިޑް ނައިޓްރޮޖެން އުފައްދާ ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ގޭސް އިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ގޭސްގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުالله މުހައްމަދު ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވް ގޭހުގެ ފަރާތުން ތިލަފުށީގައި ލިކުއިޑް ނައިޓޮރޮޖަން އުފައްދައި، ބާޒާރަށް ނެރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

މީގެ އިތުރުން ޢަބްދުﷲ މުޙައްމަދު ވަނީ ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ރާވާފައިވާކަން ފާހަގަކުރާއްވާފައެވެ. އެގޮތުން ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމަށް، އޮފީސް އިމާރާތެއް އެޅުމާއި ގޭހާއި ގުޅުން ހުރި އެކި ވަސީލަތްތައް ވިއްކާނެ ފިހާރައެއް ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސްގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުންފުނީގެ މުވައްޒަފުންނާއެކު ބޭއްވި ޚާއްސަ ހަފްލާގައި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ. ބާއްވައިފިއެވެ. ހެނދުނުގެ ނާސްތާއައިއެކު ބޭއްވި މިހަފްލާގައި، ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމަށް އަހަރީ ކޭކު ފެޅުމުގެ ރަސްމިއްޔާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މޯލްޑިވްސް ގޭސްއަކީ ރާއްޖޭގައި ގޭހުގެ ބާޒާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ، ގިނަ ދުވަސްވީ ކުންފުންޏެކެވެ. 26 އަހަރު ދުވަހުގެ ދިގު ތާރީޚެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސަލާމަތްތެރިކަމާއެކު ގޭހުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެކުންފުނިން އަދާކުރާ ދައުރަކީ ފާހަގަކޮށްލެވޭ މުހިއްމު ދައުރެކެވެ.

ހިޔާލު


ގުޅުންހުރި