ރާއްޖެސަރުކާރު

ހުޅުދޫއާއި މީދޫން ވަކި ކައުންސިލް އުފައްދަން ވޯޓު ދިންއިރު، ފޭދޫން ބުނީ ނޫނެކޭ!

25/10/2025

ޒައިން ރަޝީދު


ޝެއަރ

އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫ އަދި ފޭދޫގައި ވަކި ރަށު ކައުންސިލްތައް އުފައްދަން ފެނޭތޯ ބަލަން މިއަދު ބޭއްވި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި މީދޫއާއި ހުޅުދޫން އެދުނީ ވަކި ކައުންސިލް އުފެއްދުމަށެވެ. ނަމަވެސް ފޭދޫ ރައްޔިތުން ވޯޓު ދިނީ ކައުންސިލް އުފެއްދުމާއި ދެކޮޅަށެވެ.

ކައުންސިލް އުފައްދަން ފެންނަ ކަމަށް މީދޫގެ 841 މީހުން ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓުދިނީ 144 މީހުންނެވެ. މީދޫގެ 2،341 މީހަކަށް ވޯޓު ލެވޭއިރު، މީގެ ތެރެއިން ވޯޓުލީ 1002 މީހުންނެވެ.

ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ހުޅުދޫގެ 720 މީހުން ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓުދިނީ 325 މީހުންނެވެ. ހުޅުދޫގެ 2،867 މީހަކަށް ވޯޓު ލެވޭއިރު، މީގެ ތެރެއިން ވޯޓުލީ 1070 މީހުންނެވެ.

ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ފޭދޫގެ 615 މީހުން ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓުދިނީ 1782 މީހުންނެވެ. ފޭދޫގެ 4368 މީހަކަށް ވޯޓު ލެވޭއިރު، މީގެ ތެރެއިން ވޯޓުލީ 2421 މީހުންނެވެ.

ހިޔާލު


ގުޅުންހުރި