ރާއްޖެސަރުކާރު

ދިވެހިބަހުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރާ

30/10/2025

ޒައިން ރަޝީދު


ޝެއަރ

ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް އާމިނަތު ޒަހިރާ ވެވަޑައިގެންފިއެވެ.

އާމިނަތު ޒަހިރާ ދިވެހިބަހުގެ ދާއިރާއިން ގައުމީ ޔުނިވާސިޓީން ޕީއެޗްޑީ ހަސިލްކޮށް ދަސްވެނިވީ މިއަދު ބޭއްވި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާގައެވެ. ހަފްލާގައި ޒާހިރާއަށް ސެޓެފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމެވެ. އަދި އޭނާ ވަނީ ޑރ. އާމިނަތު ޒާހިރާއަށް، ހޫނު މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ އާމިނަތު ޒާހިރާގެ ކާމިޔާބީއަކީ ދިވެހިބަހަށާއި، ޤައުމީ ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އެދި އެކަމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނަށާއި، ދާރިސުންނަށާއި، ދަސްވެނިންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ހިޔާލު


ގުޅުންހުރި