ކުޅިވަރުރާއްޖޭގެ ކުޅިވަރު
ހަންގްރީ ވުލްފް ކްލެސިކް ބޮޑީ ބިލްޑިންގ މުބާރަތް އިނާޒް ޔޫސުފް ކާމިޔާބު ކޮށްފި
05/11/2025
ޒައިން ރަޝީދު

ޝެއަރ
އަމިއްލަ ފަރާތަކުން ރާއްޖޭގައި ބޭއްވި ފުރަތަމަ ބޮޑީބިލްޑިންގ މުބާރާތް، ހަންގްރީ ވުލްފް ކްލެސިކް - ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް ޕޮލިސް ކްލަބްގެ އިނާޒް ޔޫސުފް ކާމިޔާބު ކޮށްފިއެވެ.
ރޭ މާލޭ ސިޓީ ހޯލުގައި ބޭއްވި މި މުބާރާތް އިނާޒް ކާމިޔާބު ކުރުމާއެކު އޭނާއަށް، 30،000 ރުފިޔާގެ އިނާމާއި މެޑަލްއާއި ސެޓްފިކެޓެއް ދިނެވެ. މި މުބާރާތުގައި 8 ބޮޑީބިލްޑަރުން 3 ކެޓަގަރީއެއްގައި ވާދަކުރިއެވެ.
އެގޮތުން ސްޕޯޓްސް ފިޒީކް އަޕްޓު 170cm ކެޓަގަރީން އެއްވަނަ ހޯދީ ޕޮލިސް ކްލަބްގެ ޢަބްދުއްރަހުމާން މިޖާދުއެވެ. ސްޕޯޓްސް ފިޒީކް އަޕްޓު 175cm ކެޓަގަރީން އެއްވަނަ ހޯދީ ޕޮލިސް ކްލަބްގެ އިނާޒު ޔޫސުފްއެވެ. އަދި ސްޕޯޓްސް ފިޒީކް އަޕްޓު 180cm ކެޓަގަރީން އެއްވަނަ ހޯދީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ޢަބްދުالله ރާއިދު ތައުފީގްއެވެ.

ހަންގްރީ ވުލްފް ކްލެސިކް - ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް އިންތިޒާމްކޮށް ބޭއްވީ މަޝްހޫރު ބޮޑީބިލްޑަރ އަޒްނީން ރަޝާދުއެވެ. މިއީ މިދާއިރާއިން ޒުވާނުން ނެރެ، ބޮޑީބިލްޑިންގ ކުރިއެރުވުމުގެ މަޤްސަދުގައި ބޭއްވި މުބާރާތެކެވެ.
ހިޔާލު
ގުޅުންހުރި