ވިޔަފާރި

އެލައިޑް ތަކާފުލްއިން 'ފަޔަރ ތަކާފުލް' އޮންލައިންކޮށް ނެގޭ ގޮތް ހަދައިފި

20/11/2025

ޒައިން ރަޝީދު


ޝެއަރ

އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯގައި ހިމެނޭ، އެލައިޑް ތަކާފުލްއިން 'ފަޔަރ ތަކާފުލް' އޮންލައިންކޮށް ނެގޭ ގޮތް ހަދައިފިއެވެ.

މި ޕްރޮޑަކްޓަކީ އިސްލާމީ ޝަރީޢާ އެއްގޮތަށް އެލައިޑްގެ އޮންލައިން ޕްލެޓްފޯމް 'މައިއެލައިޑް' މެދުވެރިކޮށް ނަގާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. މި ހިދުމަތާއެކު ފަޔަރ ތަކާފުލް ނަގަން ބޭނުންވާ ފަރާތްތަކަށް، ވަގުތުން ޕްލޭން އޮންލައިންކޮށް، އަވަހަށް ފަސޭހަ ކަމާއެކު އަދި އެއްވެސް ލިޔެކިޔުމެއް ހުށަނާޅާ ހިދުމަތް ލިބޭނެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފަޔަރ ތަކާފުލް އިން އަލިފާނުގެ ހާދިސާއިން ލިބޭ ގެއްލުމުންނާއި ގުދުރަތީ ކާރިސާތަކުން މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން މިނޫންވެސް އިތުރު ސަބަބަކާ ހުރެ ލިބިދާނެ މަލީ ގެއްލުމުން ރައްކާތެރިކަން ފޯރުކޮށްދޭނެއެވެ. މިފަދަ ނުރައްކާތާކުގެ ތެރޭގައި ހަމަނުޖެހުންތަކާއި މުޒާހަރާތަކުން މުދަލަށް ލިބޭ ގެއްލުން، ފެންޓޭންކު ނުވަތަ ފެން ހޮޅި ފަޅާގެން ދިއުން ނުވަތަ ވައްކަމުގެ ހާދިސާއިން ލިބޭ ގެއްލުންތައް ހިމެނެއެވެ.

ބޭކަރީތަކާއި ރެސްޓޯރަންޓްތަކާއި ޖިމްތަކާއި ސެލޫންތަކާއި ވޯކްޝޮޕްތަކާއި ގުދަންތަކާއި ޑައިވް ސެންޓަރުތަކާޢި އަދި މި ނޫންވެސް ކުދި ވިޔަފާރިތަކަށް މިހާރު މި ރައްކާތެރިކަން އަވަހަށް އަދި ހެޔޮ އަގެއްގައި މި ޕްލޭންގެ ރައްކާތެރިކަން ލިބިގަނެވޭނެއެވެ. އަދި މީގެ އިތުރުން މި ވިޔަފާރިތަކަށް ހައްސަ މިޕްލޭން ކަސްޓަމައިޒްވެސް ކުރެވޭނެ ކަަމަށް އެލައިޑުން ބުނެއެވެ.

އެލައިޑްގެ ތަކާފުލްގެ އަމާޒަކީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މާލީ ރައްކާތެރިކަން ހޯދައިދިނުން، ކުރިއަށްވުރެ ފަސޭހަކޮށްދީ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އަގު ހެޔޮކޮށް ހިދުމަތް ގެނެސްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

ހިޔާލު


ގުޅުންހުރި