ވިޔަފާރި

މޯލްޑިވްގޭސް އިން ގޭސް ޑެލިވަރީ ކޮށްދޭ ވަގުތު އިތުރުކޮށްފި

24/11/2025

ޒައިން ރަޝީދު


ޝެއަރ

މޯލްޑިވްގޭސް އިން މާލެ ސަރަހައްދުގެ ގޭބީސީތަކަށް ގޭސް ޑެލިވަރީކޮށްދޭ ވަގުތު އިތުރުކޮށްފިއެވެ.

ގޭހަށް އޯޑަރުކުރާ ރައްޔިތުންނަށް ފަސޭހަކަމާއެކު ގޭސް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން މި ގެނައި ބަދަލާއެކު ގޭސް ލިބުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި ބަދަލުގެ ދަށުން، ރޭނގަޑު 10:00 އާހަމަޔަށް ކޯލް ސެންޓަރުގެ ހިދުމަތް ލިބޭނެއެވެ.

މީގެ ކުރިން ރޭގަނޑު 08:30 ގައި އެ ކުންފުނީގެ ކޯލް ސެންޓަރ ބަންދުކުރެއެވެ. މިއީ ރައްޔިތުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެނައި މުހިންމު ބަދަލެއް ކަމަށް އެކުންފުނިން ބުނެއެވެ.

މިގޮތަށް ގޭސް ޑެލިވަރީގެ ވަގުތު އިތުރުކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި، ހާއްސަކޮށް ރޭގަނޑުގެ ވަގުތަކީ ގިނަ ގޭބިސީތަކާއި އަދި ކެފޭތަކުގައި ވެސް ބަދިގެ ވަރަށް ހަލަބޮލި ވަގުތަކަށް ވެފައި، ގޭސް ހުސްވާ ހާލަތްތަކުގައި ގޭސް ހޯދަން ވަރަށް ބޮޑު އުދަގުލަކާ ރައްޔިތުން ކުރިމަތިލާން ޖެހޭކަން ފާހަގަކުރެވިފައިވާތީ އެކަމަށް ހައްލެއް ހޯދައި ދިނުން ހިމެނެވެ.

މީގެ ކުރިން ރޭގަނޑު 8:30ގެ ފަހުން ގޭސް ބޭނުންވާ ފަރާތްތަކުން ޖެހެނީ އަމިއްލައަށް ގޭސްފުޅި ސައިކަލުގައި ނުވަތަ ކާރެއްގައި ގެންދާށެވެ. ނަމަވެސް މޯލްޑިވްސް ގޭސް އިން ގެނައި މި ބަދަލާއެކު 10:30 އާ ހަމަޔަށް ގޭސް ފުޅިއަށް އޯޑަރު ދީ، ގޭސް ފުޅި ޑެލިވަރީވެސް ކޮށްދޭނެއެވެ.

ޑެލިވަރީ ކުރާ ގަޑިއަށް މި ގެނައި ބަދަލާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެކަށް މޯލްޑިވްސް ގޭސް އިން ބުނެއެވެ.

ހިޔާލު


ގުޅުންހުރި