ރާއްޖެސަރުކާރު

ފިލައިގެން ދާން އުޅެނިކޮށް ސަނީ އުމަރު ހައްޔަރުކޮށްފި

01/12/2025

ޒައިން ރަޝީދު


ޝެއަރ

ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުކުރެވޭ ހުސައިން ސަނީ އުމަރު ފިލައިގެން ދާން އުޅެނިކޮށް މިރޭ ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

އެނާ ހައްޔަރު ކުރީ ފުރަންގޮސް ފުލައިޓަށް އަރާ އިންދައެވެ. ސަނީ މާލެ އައީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި އޭނާ މާލެ އައުމުން ފުލުހުން ވަނީ އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ފުލުހުން އޭނާ ދޫކޮށްލުމުން މިރޭ އަނެއްކާ އޭނާ މަސައްކަތް ކުރީ ރާއްޖެއިން ފުރައިގެން ދިއުމަށެވެ.

ސަނީ އުމަރުގެ މައްޗަށް ކުރަނީ އޭނާގެ އަންހެނުންގެ އާއިލާގެ ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތެވެ. ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ޕޯސްޓްތަކުގައި ތުހުމަތުކުރާ ގޮތުގައި ސަނީ ޖިންސީ ގޮތުން އަނިޔާކުރީ ފިރިހެން ކުއްޖަކަށާއި 2 އަންހެން ކުދީންނަށެވެ. ނަމަވެސް މައްސަލަ ފުލުހަށް ހުށަހެޅީ އެންމެ އާއިލާއަކުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ސަނީ އުމަރު އަކީ ފަތުކުރިވެރިކަމާއި މީޑިއާގެ ދައިރާގެ ވިޔަފާރިތައް ހިންގާ މީހެކެވެ. އެނާ ހިއްސާވާ އެންމެ ބޮޑު އެއް ކުންފުންޏަކީ ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑްއެވެ. އެ ކުންފުނީގެ ދަށުން ހިންގާ ބައެއް ވިޔަފާރިތަކުގެ ތެރޭގައި ޓްރެވެލޫޝަން، މޯލްޑިވްސް ހަލާލް ޓްރެވެލް، ދި އައިލޭންޑް ޕޯސްޓް، އަދި އެކުންފުނީގެ ޓްރެވެލް އެޖެންސީ ހިމެނެއެވެ.

މީގެ އިތުރުން ސްކިލްޑް ފާމް ޕްރައިވެޓް ލިމިޓެޑާއި އެކުންފުނީގެ ދަށުން ހިންގާ ވިޔަފާރިތަކަކީވެސް ސަނީ އުމަރުގެ ހިއްސާ އޮންނަ އޭނާގެ ވިޔަފާރިތަކެވެ.

ހިޔާލު


ގުޅުންހުރި