ރާއްޖެސަރުކާރު

ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ

27/12/2025

ޒައިން ރަޝީދު


ޝެއަރ

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކާ ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށް އެބަދެއެވެ.

ޕީއެންސީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ކައުންސިލްތަކަށް 183 މީހުންނާއި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ. ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ޕީއެންސީ ވިދާޅުވީ އެ ޕާޓީގެ ކެންޑިޑޭޓުން ހުރިހާ ދާއިރާއަކަށްވެސް ކުރިމަތިލާނެކަމަށެވެ. އެގޮތުން 1 ކެންޑިޑޭޓަށްވުރެ ގިނައިން ކުރިމަތިލާފައިވާ 30 އަށް ވުރެ ގިނަ ރަށުގައި ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށް އެބަދެެވެ.

ޕީއެންސީއަކީ މެންބަރުންގެ ނިސްބަތުން މިހާރު އެންމެ ބޮޑު ޕާޓީއެވެ. ޕާޓީގެ ދަފުތަރުގައި 70،000 ވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގައެވެ.

ހިޔާލު


ގުޅުންހުރި