ވިޔަފާރި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެލައިޑް އިންޝުއަރެންސްގެ ގްރޫޕް ހެލްތު ޕެކޭޖްތައް

01/01/2026

ޒައިން ރަޝީދު


ޝެއަރ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކޯޕަރޭޓް ގްރޫޕް ހެލްތް އިންޝުއަރެންސް ޕެކޭޖްތައް އެލައިޑުން ތައާރަފްކޮށްފިއެވެ.

މިއީ ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ޕެކޭޖްތަކެކެވެ. މީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގު ފަހިވެގެންދާނެއެވެ. އަދި މިހާރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންޝުއަރެންސް ޕެކޭޖް ނެގުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެއެވެ.

އެލައިޑް އިންޝުއަރެންސްގެ 'ކޯޕަރޭޓް ގްރޫޕް ހެލްތު އިންޝުއަރެންސް' ޕެކޭޖްތަކަކީ މުވައްޒަފުންނަށް އިތުބާރު ހުރި ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށާއި، ވިޔަފާރިވެރިންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި ފަރުމާކުރެވިފައިވާ ޕެކޭޖްތަކެެއްކަމަށް އެލައިޑުން މައުލޫމަތު ދެއެވެ.

ގްރޫޕް ހެލްތު ޕްލޭންތަކުގެ ދަށުން ކަވަރޭޖް ލިބިގެންދާ ބައެއް ކަންތައްތަކުގެ ތެރޭގައި:

- އިންޕޭޝަންޓް ހިދުމަތްތައް: ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދޭ ފަރުވާއާއި އޮޕަރޭޝަންތައް އަދި ބޮޑެތި ބަލިތަކަށް ކުރާ ފަރުވާ

- އައުޓްޕޭޝަންޓް ހިދުމަތްތައް: ޑޮކްޓަރަށް ދެއްކުމާއި ޓެސްޓުތައް ހެދުމާއި ބޭސްފަރުވާގެ ހަރަދު އަދި މިނޫންވެސް އިތުރު ހިދުމަތްތައް އިޚްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ޕެކޭޖްތަކަކީ މެނޭޖްކުރަން ފަސޭހަ އަދި މުވައްޒަފުންގެ އަދަދަށް ބަލައި، ވިޔަފާރިއަށް އެންމެ އެކަށީގެންވާ ގޮތަށް ބަދަލުގެނެވޭނެ ޕެކޭޖްތަކެެއްކަމަށް އެލައިޑުން މައުލޫމާތުދެއެވެ. އަދި މީގެ ދަށުން، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަދަ ކުއްލި ހާދިސާތަކުގައި މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކޮށްދެއެވެ.

އެލައިޑް އިންޝުއަރެންސްގެ ޕެކޭޖްތަކާ ގުޅޭ އިތުރު މައުލޫމާތު އެލައިޑް އިންޝުއަރެންގެ ހޮޓްލައިން ނަންބަރު 1600 އިން ލިބިވަޑައިގަންނަވާނެއެވެ.

ހިޔާލު


ގުޅުންހުރި