ވިޔަފާރި
މެރިން އެކްސްޕޯގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް
09/02/2026
ޒައިން ރަޝީދު

ޝެއަރ
މޯލްޑިވްސް މެރިން އެކްސްޕޯ 2026ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުން އެލައިޑް އިންޝުއަރަންސްއިން ބައިވެރިވެ،
މެރިން އިންޑަސްޓްރީއަށް ޙާއްސަކޮށް، މެރިން ހަލް ޕްރޮމޯޝަނަކާއި މިދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު
މަޢުލޫމާތުތަކެއް ހިއްސާކޮށްފިއެވެ.
2014 ވަނަ އަހަރުން ފެށިގެން އެލައިޑުން އަންނަނީ މެރިން އެކްސްޕޯގައި ބައިވެރިވަމުންނެވެ. އެލައިޑުން ބުނީ މި
އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ
ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު އެބޭފުޅުންނަށް
ހިއްސާކޮށް، މިކަމުގެ މުހިންމުކަށް މި ފަރާތްތަކައް އަންގައިދިނުމެވެ. އަދި މީގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އެލައިޑް
ތަކާފުލް ޕްލޭންތަކުގެ މަޢުލޫމާތުވެސް މިއެކްސްޕޯގައި އެލައިޑުން ވަނީ ފޯރުކޮށްދީފައެވެ.
މެރިން އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް ނުވަތަ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް
އަމާޒުކޮށްގެން ޚާއްޞަ ޕްރޮމޯޝަނެއްވެސް ހިންގާފައެވެ. ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8,000
ރުފިޔާގެ ޑިސްކައުންޓް ވައުޗަރ ވަނީ ހަވާލުކޮށްފައެވެ. މެރިން އެކްސްޕޯއާއި ކުރިއަށްދިޔަ މި ޕްރޮމޯޝަނުގެ ނަސީބުވެރިން
ހޮވާފައިވަނީ، އެކްސްޕޯ ނިންމުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ
މިޕްރޮމޯޝަންގެ އިތުރުންވެސް އެލައިޑުގެ ސްޓޯލަށް ޒިޔާރަތް ކޮށް، ސްޓޯލުގައި ކުރިއަށްގެންދެވުނު އިތުރު ހަރަކާތްތަކުގައި
ބައިވެރިވި ފަރާތްތަކަށް އެލައިޑުން ވަނީ ހާއްސަ ހަދިޔާތަކެއްވެސް ދީފައެވެ.
ހިޔާލު
ގުޅުންހުރި