ވިޔަފާރި
ގޭސް ލިބުމުގައި ދަތިކަމެއް ނެތް، ސްޓޮކް ވަނީ އިޔާދަކޮށްފަ
18/02/2026
ޒައިން ރަޝީދު

ޝެއަރ
ކައްކާ ގޭސް ލިބުމުގައި ދިމާވި ދަތިތައް ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ހުރިހާ ސައިޒެއްގެ ކައްކާ ގޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވް ގޭހުން ހާމަކޮށްފިއެވެ.
މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގޭހުގެ ސްޓޮކް މިހާރު އިޔާދަކޮށްފައިވާކަމަށާއި، މިއަދުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދެމުންދާނެ ކަމަށެވެ.
އަދި މިއަދު ފެށުނު ރަމަޟާންމަހުގައިވެސް ގޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަން ޢަބްދުالله ފާހަގަކުރެއްވިއެވެ.
"ކުރިއަށް އޮތް ތަނުގައި އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބޭނެ، މި ރޯދަމަހުވެސް ކައްކާގޭސް އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް" ޢަބްދުالله މުޙައްމަދު ވިދާޅުވިއެވެ.
އާންމުގޮތެއްގައި ރަމަޟާން މަހަކީ ކައްކާ ގޭހަށް އޮންނަ ޑިމާންޑު ބޮޑުތަނުން އިތުރުވާ މަހެކެވެ. އެހެންކަމުން، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މެދުނުކެނޑި ގޭހާއި އެހެނިހެން އަސާސީ ކާބޯތަކެތި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ހިޔާލު
ގުޅުންހުރި