ރާއްޖެއިދިކޮޅު
ހުރިހާ ސިޓީތަކުގެ މޭޔަރުން އަލުން އިންތިޚާބު ވެއްޖެ
04/04/2026
ޒައިން ރަޝީދު

ޝެއަރ
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވި އެމްޑީޕީގެ ހުރިހާ މޭޔަރުން، އެ ބޭފުޅުންގެ މަޤާމް ދިފާއުުކުރައްވައިފިއެވެ.
ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަމުންދާއިރު، މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާ ގޮތުން ހުރިހާ ސިޓީތަކުުގެ މޭޔަރުން ވަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައެވެ. އެގޮތުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި ކުޅުދުއްފުށީގެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އާއި ފުވައްމުލައްސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤްއާއި ތިނަދޫ ސިޓީގެ މޭޔަރ ސަޢޫދު އަލީ އަދި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުވެސް ވަނީ ހޮވިފައެވެ.
މޭޔަރުގެ އިތުރުން އެމްޑީޕީން ވަނީ ހުރިހާ ސިޓީތަކުގެ ޑަބްލިއުޑިސީގެ ރައީސްކަންވެސް ކާމިޔާބު ކޮށްފައެވެ. އަދި ހުރިހާ ސިޓީތަކުގެ ކައުންސިިލްގެ މެޖޯރިޓީ ލިބުނީވެސް އެމްޑީޕީއަށެވެ.
އައްޑޫ ސިޓީކައުންސިލުން ޕީއެންސީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ. އަދި ފުވައްމުލައް ސިޓީން ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުވެއެވެ.
ހިޔާލު
ގުޅުންހުރި